ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްކޫލް

"ސުކޫލުތައް ބަންދުކުރުމުގެ ވިސްނުމެއް އަދި ނެތް"

ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވީނަމަވެސް ސުކޫލުތައް ބަންދު ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ގަދައަށް ހިފެހެއްޓުމަށް އެޗްއީއޯސީން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގައި އިސްކޮށް ހުންނަވާ ޑރ. އަލީ ލަތީފް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަމުން ގެންދަނީ ވަކި ތަރުތީބަކުން ކަމަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ އާންމު ހާލަތަށް ދިއުމަށް މުހިންމު ފިޔަވަޅުތަކެއް ކަމަށްވެސް ޑރ. ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ބަލީގެ ހާލަތު އިތުރަށް ގޯސްވެ ކޮންްޓްރޯލް ނުކުރެވޭ ހިސާބަށް ގޮސްފިނަމަ ސުކޫލުތައް ބަންދު ކުރުމާމެދު ގޮތް ނިންމާނެ ކަމަށެވެ. ސުކޫލުތައް މިވަގުތު ބަންދު ކުރުމަށް ނިންމާފައި ނުވަނީ ސުކޫލުތަކުން ބަލި ފެތުރޭ ކަމަށް ނުފެންނާތީ ކަމަށާ ސުކޫލުތަކަކީ ކޮންޓްރޯލް އެންވައިމަންޓެއް ކަމަށްވެސް ވިދާޅުވިއެވެ.

މިވަގުތު ނިންމާފައި އޮތީ ސުކޫލުތައް މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދަން ކަމަށް ވިދާޅުވިއެވެ.

"ކޮންމެހެން ސުކޫލުތައް ބަންދު ކުރާކަށް ނޫން ނުވަތަ ނުކުރާކަށްވެސް ނޫން. އަޅުގަނޑުމެން މެޝާސްތައް ނަގަމުން މި ގެންދަނީ އެ ހާލަތަކާ ގުޅޭގޮތުން. އެހެންވީމަ ސުކޫލުތައް ބަަންދުކުރަން ޖެހޭ ހާލަތަށް ގޮސްފިނަމަ އެކަންވެސް ކުރާނެ. ނަމަވެސް ބަންދުކުރާނީ ކުރަންޖެހޭ މަޝްވަރާތަކަށް ފަހު،"

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޕްރީސްކޫލް އަދި ނާސަރީގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ. މީގެ އިތުރުން ކޮލެޖް/ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެހެން ގުރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދަނީ ސުކޫލުތަކަށް ދަރިވަރުން ހާޒިރުކޮށްގެންނެވެ.

ނަމަވެސް ސުކޫލަކުން ޕޮޒިޓިވް ކޭހެއް ފެނިއްޖެނަމަ ޕޮޒިޓިވްވާ ކުއްޖެއް ހިމެނޭ ކުލާހެއްގެ ދަަރިވަރުން ކަރަންޓީން ކުރެއެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910