ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓެލިކްލާސްތައް މެދުކަނޑާލައިފި

ސްކޫލްތައް ބަންދު ކުރުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ "ޓެލިކިލާސް" ތައް މާދަމާ ފެށުމަށް ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު މެންދުރުފަހުން ފެށިގެން 24 ގަޑިއިރުގެ މުއްދަތަކަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާތީ މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަން ދެން ޓެލިކިލާސްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ޓެލިކްލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ ގްރޭޑް 9، ގްރޭޑް، 10 އަދި ގްރޭޑް 11 ގެ ދަރިވަރުންނަށެވެ. އެ ގޮތުން ގްރޭޑް 11 ގެ ފިލާވަޅުތައް ގެނެސްދިނީ ދިވެހި ޗެނަލް މެދުވެރިކޮށެވެ. ގްރޭޑް 10 ގެ ފިލާވަޅުތައް ޔެސް ޓީވީން ގެނެސްދިންއިރު، ގްރޭޑް 9 ގެ ފިލާވަޅުތައް ގެނެސްދިނީ މުންނާރު ޗެނަލް އިންނެވެ.

އެ ޗެނަލްތައް މެދުވެރިކޮށް ހެނދުނު 8:00 ފެށިގެން 14:00 އެކި ވަގުތުތަކުގައި "ޓެލިކިލާސް" އޮންއެއާ ކުރަން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ކުރިން ވެސް ތިން ދުވަހަކަށް ބައެއް ޓީވީ ޗެނަލްތަކުން ދެއްކުމަށް ފަހު މެދުކަނޑާލި އެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުމުން މުޅި މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ. މި ހާލަތުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރެވެމުންދާއިރު، އޭނާއާ ކޮންޓެކްޓްވި އިތުރު މިހާކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.