ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

10 އޮންލައިން ކްލިނިކް ހަމަޖައްސައިފި

މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، ކޮންޓެކްޓް ޓްރޭސިން އަށް މާލެ ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި އާސަންދަ ކުންފުންޏާ ސިއްހީ ހިދުމަތް ދޭ ބައެއް މަރުކަޒުތައް ގުޅިގެން އޮންލައިން ކްލިނިކްތަކެއްގެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އާސަންދަ ކުންފުނިން ބުނި ގޮތުގައި އޮންލައިން ކްލިނިކްތަކުގެ ގޮތުގައި ހަމަޖައްސާފައި ވަނީ މާލެ އިން ނުވަ މަރުޒަކާއި އައްޑޫ ސިޓީން އެއް މަރުކަޒެއްގަ އެވެ. އޭގެ ތެރޭގައި މާލޭގެ އޭޑީކޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލް ފަދަ ތަންތަން ހިމެނެ އެވެ.

އޮންލައިން ކްލިނިކްތަކާއި ގުޅޭނެ ނަންބަރު

  • އޭޑީކޭ، ކ. މާލެ - 3313553
  • ކުލުނު މެޑިކަލް، ކ. މާލެ - 4003311
  • ޕްރައިމެކްސް މެޑިކެއާ، ކ. މާލެ - 3330511
  • ފެމިލީ ކެއާ، ކ. މާލެ - 3300767
  • އިމޭޖް ސެންޓަރު، ކ. މާލެ - 3302051
  • އެއިމްސް ޑައިގްނޯސްޓިކް ސެންޓަރު، ސ. ފޭދޫ - 6988091
  • އިންސްޓިޓިއުޓް އޮފް މެޑިކަލް ވެބް ބިއިން، ކ. މާލެ - 3337892
  • އައިކެއާ ހޮސްޕިޓަލް، ކ. މާލެ - 3321026
  • ފަސްޓް ކެއާ މެޑިކަލް ސެންޓަރު، ކ. މާލެ - 3329449
  • ސެނަހިޔާ ހޮސްޕިޓަލް، ކ. މާލެ - 7969897

އާސަންދަ ކުންފުނީގެ އިސްތިމާސް އަކީ މި ހާލަތުގައި ހުރިހާ އެންމެން ވެސް ރައްކާތެރި ކަމަށް އިސްކަންދީ އެޗްޕީއޭއާއި ކަމާ ގުޅުން ހުރި އިދާރާތަކުން ދޭ އިރުޝާދުތަކާ އެއް ގޮތަށް އަމަލު ކުރުމަށެވެ.

މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ސީދާ ކޮންޓެކްޓްވި 54 މީހަކު އެކަހެރި ކޮށްފައިވާއިރު، އޭނާއާ އެހެނިހެން ގޮތް ގޮތރުން ބައްދަލުވި އިތުރު 50 އަށް ވުރެ ގިނަ މި ވަގުތަށް ގޭގައި ތިބުމަށް މަޑު ކުރަން ވަނީ އަންގައިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ބައްޔަށް ޓެސްޓް ކުރަން 11 މީހެއްގެ ސާމްޕަލް ވަނީ ނަގައިފަ އެވެ.

މާލޭން ބަލި ޖެހިފައިވާ މިހާކު ފެނުމުން 24 ގަޑިއިރަށް މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެ މުއްދަތުގައި މާލެ ސަރަހައްދުގައި ހިމެނޭ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅިފަޅާއި، ތިލަފުށީގައި މަގުމަތީގައި އުޅުން ވަނީ މަނާކޮށްފަ އެވެ. އެ ރަށްތަކަށް ދެމެންދާ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.