ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލެއިން ގެއަކާއި އައްޑޫގެ ގެއެއް ލޮކްޑައުންކޮށްފި

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ބަޔަކު ފާހަގަކުރެވިގެން މާލެ އިން ގެއަކާއި އައްޑޫ ސިޓީ ހިތަދޫން ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެ އިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން މޮނިޓަރިންގެ ހާލަތަށް ގެނައީ ހ. ރަތްކުރެދި އިމާރާތުގެ ހަތަރު ވަނަ ފަނގިފިލާ އަދި ހިތަދޫގައި ހުންނަ ނޫމަސްވާދީ ގެ ކަމަށެވެ.

މާލޭގެ ގެއަކާއި އައްޑޫ ހިތަދޫގެ ގެއެެއް މޮނިޓަރިންގެ ހާލަތަށް ގެނައިރު މުޅި މާލެ ސަރަހައްދު ވަނީ މިއަދު މެންދުރުފަހުން ފެށިގެން 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ. އަދި ޕޮޒިޓިވްވި މީހާގެ ފިރިމީހާ ކ. ކާށިދޫއަށް ދަތުރު ކޮށްފައި އޮތުމުން އެ ރަށް ވެސް ވަނީ ލޮކްޑައުން ކޮށްފަ އެވެ.