ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާފުށީ ޖަލުން ރެންޑަމް ސާމްޕަލް ނަގައިފި

May 8, 2020
1
ޖަލު އޮފިސަރުންގެ ރެންޑަމް ސާމްޕަލް ނަގަނީ --
0%
100%
0%

މާފުށީ ޖަލުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ރެންޑަމް ސާމްޕަލްތަކެއް މިއަދު ނަގައިފި އެވެ.

ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ ކޮވިޑަށް ޓެސްޓް ކުރުމަށް މިއަދު މާފުށީ ޖަލުގައި ތިބި ބައެއް ގައިދީންނާއި ޖަލު އޮފިސަރުންގެ ސާމްޕަލްތައް ވެސް ނަގާފައިވާ ކަމަށެވެ. ސާމްޕަލް ނަގާފައިވަނީ 15 ގައިދީއެއްގެ އަދި 23 އޮފިސަރެއްގެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ. އާއިލީ ބައްދަލުވުންތައް ވެސް ހުއްޓާލައި ޖަލަށް މީހުން ވަދެ ނުކުތުން ވަނީ މަދު ކޮށްފަ އެވެ.

މާލޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަރަށް ބޮޑަށް ކުރަމުން ދާއިރު ބައެއް ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވްވެފައި ވެސް ވެއެވެ.

މިހާރު ދުވާލެއްގެ މައްޗަށް ރެންޑަމް ސާމްޕަލިންއާ އެއްކޮށް ނަގަނީ 300 އާއި 400 އާ ދެމެދުގެ ސާމްޕަލެވެ. އެއީ މިވަގުތު ޓެސްޓް ކުރުމުގެ ކެޕޭސިޓީ ހުރި ވަރެވެ. ނަމަވެސް އެއީ މާ ދަށް އަދަދެއް ކަމާއި އެކަމާ ކަންބޮޑުވާ ކަމަށް ކޮވިޑާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑފގ

އިޓްސް އަބައުޓް ޓު ބޮލޯ އަޕް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345