ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

މައްޔިތުންގެ މޫނު ބަލަން އައިޖީއެމްއެޗްއަށް ވަނުން މަނާކޮށްފި

އައިޖީއެމްއެޗްގައި މަރުވާ މީހުންގެ މޫނު ބަލަން އެ ހޮސްޕިޓަލްގެ ތެރެއަށް ވަނުން މަނާ ކޮށްފި އެވެ.

އައިޖީއެމްއެޗް އިން މިރޭ ނެރުނު ބަޔާނެގައި ބުނީ އެ ހޮސްޕިޓަލުގައި މީހަކު މަރުވުމުން މީގެ ކުރިން ގިނަ އަދަދެއްގެ ބަޔަކު މައްޔިތާގެ މޫނު ބަލަން ހޮސްޕިޓަލަށްދާ ކަމަށާއި އޭގެ ސަބަބުން މި ދުވަސްވަރު ހޮސްޕިޓަލްގެ މުއައްޒަފުންނަށާއި އެހެން އާންމުންނަށް ވެސް ކޮވިޑް-19 ޖެހި ބަލި ފެތުރިދާނެ ކަމަށެވެ. އެހެންކަމުން މިވަގުތުގެ ހާލަތަށް ބަލައި އައިޖީއެމްއެޗްގައި މައްޔިތާގެ މޫނު ބަލަން ވަނުން މަނާކޮށްފައިވާ ކަމަށެވެ.

"... މި ވަގުތުގެ މާލޭގައި ކޮމިއުނިތީ ސްޕްރެޑް އޮތް ހާލަތަށް ބަލާއިރު [މީހުން ޖަމާވުމަކީ] ހަމަ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫންކަން އެންމެހާ ރައްޔިތުން ވެސް ގަބޫލު ކުރައްވާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަރުވާ މީހުންގެ މޫނު ދެކެން ބޭނުންވާ ފަރާތްތަކުން މާލެ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން ސަހަރާގައި އެކަމުގެ އިންތިޒާމްތައް ހަމަޖައްސާ ގޮތަކަށް އަމަލު ކުުމަށް އެދޭ ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ.

މާލޭގައި ކޮމިއުނިޓީ ސްޕްރެޑްއެއް ގޮތުގައި ކޮރޯނާވައިރަސް ބާރަށް ފެތުރެމުންދާއިރު މިހާތަނަށް މާލެއިން 31 މީހުން ވަނީ ޕޮސިޓިވްވެފަ އެވެ. އޭގެ ތެރޭގައި 14 މީހުންނަކީ ދިވެހިންނެވެ. ރާއްޖެއިނއ ޕޮޒިޓްވްވި ޖުމްލަ އަދަދަކީ 51 އެވެ.