ވިޔަފާރި

މާފަރު ރަންވޭ ބޮޑު ކުރުމުގެ މަސައްކަތަށް ކުރިމަތިލާން އިތުރު ވަގުތު

Apr 20, 2020
މާފަރުގައި ތަރައްގީ ކުރި އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއައި) ގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތަށް ކުރިމަތިލާން އިތުރު ވަގުތު ދީފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރަންވޭ ބޮޑު ކުރުމުގެ މަސައްކަތަށް ބީލަމަށް ރަޖިސްޓްރީ ކުރުމާއި ބީލަން ހުށަހެޅުމުގެ ސުންގަޑި މި މަހުގެ 30 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ކުރަން ބީލަމަށް ކުރިމަތިލާ ފަރާތް ތަކުން 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ބަހައްޓަން ޖެހެ އެވެ.

މާފަރުގައި އެއާޕޯޓެއް އަޅާނެކަން ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަރުގައި އެއާޕޯޓު އަޅަން ދެ ކުންފުންޏަކާ ހަވާލު ވެސް ކުރި އެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910