ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފިހާރަތައް 9 އިން 12 އަށް ހުޅުވޭނެ

ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ހުއްދަ ލިބިގެން ވިޔަފާރި ކުރަން ނުކުންނަ މީހުންނަށް، ހެނދުނު 9:00 އިން ރޭގަނޑު 12:00 އަށް ފިހާރަތައް ހުޅުވޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް ފެނި ވައިރަސް ފެތުރޭތީ މާލެ ސަރަހައްދު 14 ދުވަހަށް ވަނީ ލޮކްޑައުންކޮށްފަ އެވެ. އެހެންނަމަވެސް، ފުލުހުން ދޭ ފާހަކާއެކު ވަކި ވަގުތުތަކެއްގައި ޒަރޫރީ ބޭނުމަށް ކޮންމެ ގޭބިސީއަކުން ވެސް އެކަކަށް ބޭރަށް ނުކުމެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން ފުލުހުން ދޭ ހުއްދައިގެ ދަށުން ވިޔަފާރި ކުރަން ނުކުންނަ ފަރާތްތަކަށް ފިހާރަތަކުން ހިދުމަތް ދެވޭނީ ހެނދުނު 9 އިން ފެށިގެން ރޭގަނޑު 12 އަށް ކަމަށެވެ. އަދި ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓަށް ފިހާރަ ބަންދު ކުރުމަށްވެސް ވަނީ އެދިފަ އެވެ.

ފިހާރަތަކުން މުދާ ގަންނަ މީހުން ސަމާލުކަންދޭންވީ ބައެއް ކަންކަމާއި އެއްޗެހި ގަތުމަށްފަަހު ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަން ސަމާލުކަންދޭވީ ބައެއް ކަންކަންވެސް ވަނީ އިއުލާނުުގައި ބަޔާންކޮށްފަ އެވެ.

މުދާ ގަންނަ މީހުން ސަމާލުކަންދޭންވީ ބައެއް ކަންކަން

  • އޮންލައިންކޮށް ތަކެތި ގަނެވޭނަަމަ އެގޮތް އިހުތިޔާރު ކުރުން
  • މުދާ ވިއްކާ ފިހާރަ އަކީ ގުޅައިގެން އޯޑަރު ކުރެވޭ ފިހާރައެއް ނަމަ، ދުރާލާ ގުޅައިގެން އޯޑަރު ދިނުމަށްފަހު ފިހާރަ އަށް ދިއުން
  • މުދާ ގަންނަަން ހުއްދަ ލިބުނު ކަމުގައި ވިޔަސް ކޮންމެގެން ގަންނަން ޖެހިގެން ނޫނީ ނުނިކުތުމަށް ސަމާލުވުން
  • ބަލިވެ އުޅޭނަމަ ނުވަތަ އަލާމާތެއް ފެންނަ ނަމަ ފިހާރަ އަށް ނުދިއުން
  • އެއްވެސް ގޮތަކަށް ކުޑަކުދިން ފިހާރަ އަށް ނުގެންދިއުން
  • ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ދޮށީ މީހުން ނޫނީ ދިގު މުއްދަތަށް ބޭސް ކުރާ މީހުން ބޭރަށް ނުނިކުތުން
  • ގެއިން ނިކުތުމުގެ ކުރިން ގަަންނަން ޖެހޭ ތަކެތީގެ ލިސްޓު ހަދާ، ފުލުހުން ދޫކުރާ ޕާމިޓް ނަންބަރު ލިސްޓުގެ ކަނާތު ފަޅީގައި ލިޔުމަށް ސަމާލުވުން
  • ގައިދުރުކަމަށް ސަމާލުވުން
  • ވިިޔަފާރި ވަަގުތު ނިމުމުން ތަޅުންގަނޑާއި ކަސްޓަމަރުންގެ އަތްޖެގޭ ތަންތަން ޑިޓޯލް ނުވަތަ ސައިބޯނި ފެނުން ޑިސްއިންފެކްޓު ކުރުން

ތަކެތި ގަތުމަށްފަހު ސަމާލުވާންވީ ކަންކަން

  • ތަކެތި ގަތުމަށްފަހު ލަސްނުކޮސް ފިހާރައިން ގެއަށް ދިއުން، ގެއަށްދާ މަގުމަތީގައި ތަންތަނުގައި އަތް ނުލާ ގައިދުރުކަމަށް ސަމާލުވުން
  • ތަކެތިި ނެގުމަށްފަހު ކޮތަޅު ޑަސްބިނަށް ލުން
  • ސައިބޯނި ލައިގެން އަތްދޮވުން
  • ފިހާރައިން ގަތް ތަކެތީގެ ބޭރު ސާފު ކުރުމަށްފަހު ފްރިޖް އަށްލުން

ލޮކްޑައުން އަށްފަހު ޑެލިވަރީގެ ހިދުމަތްތައް ފެށިއަސް އޯޑަރުތައް ގިނަވެ ޑެލިވަރީ ލަސްވުމުން ބައެއް މީހުން މަގުތަކަށް ނިކުމެ އެވެ. މިކަން ހުއްޓުވުމަށް ފުލުހުން ވަނީ މާލެ 26 ޒޯނަކަށް ބަހާލައި، ވިޔަފާރި ކުރުމަށް ލުއި ތަކެއް ދީފަ އެވެ. ހުއްދަ އާއެކު ވިޔަފާރި ކުރަަން ނިކުންނަ އިރު އެ މީހަކު ހުރި ޒޯނުން ބޭރަށް ނުދެވޭނެ އެވެ. އަދި ދީފަައިވާ ފާސް އެހެން ބޭނުންތަކުގައި ބޭނުން ކުރާ ނަމަ ފިޔަވަޅުވެސް އަޅަ އެވެ.