ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކުރި މީހުން އެހީ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީވުމަށް ކުރިއަށް ގެންދާ މާލީ އެހީގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ އިިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ ކޮވިޑް-19އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމެވެ.

މި އެހީއަށް ޝަރުތު ހަމަވާ ފަރާތްތަކަށް 60،000 ރުފިޔާއާ ހަމައަށްވާ ފައިސާގެ އަދަދެއް އެހީގެ ގޮތުގަިއ ދިނުމަށް ހަމަޖެހިފައިވެ އެވެ. އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުން ލާޒިމުކޮށްފައިވެ އެވެ.

އެހީއަށް ހުށަހެޅޭ ދާއިރާތައް

  • ކާބޯތަކެތި އުފެއްދުން
  • އަތްތެރި މަސައްކަތް
  • ބިއުޓީ އަދި މޭކަޕް ކުރުން
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  • ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
  • ކުޅިވަރު އަދި ފިޓްނަސް

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލެވޭނެ އެވެ. މި ފުރުސަތުތަކުގެ ތެރެއިން 40 ޕަސަންޓް އަންހެނުންނަށް ހާއްސަކޮށްފައިވެ އެވެ.

މި އެހީއަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެހީއަށް ޝަރުތު ހަމަވާ ފަރާތްތައް

  • މިއަހަރުގެ ޖުލައި އެއްވަނަ ދުވަހާއި ހަމައަށް މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުން
  • އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ ހަތަރު ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން ނުވަތަ ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން.

މި ޕްރޮގްރާމްގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް އާންމުކޮށްފައިވެ އެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާއިރު ޖޮބް ސެންޓަރަށް ލިބެމުންދާ އެޕްލިކޭޝަންގެ އިވެލުއޭޝަން އަދި ހުށަހެޅުންތަކާ މެދު އަމަލު ކުރެވޭ ގޮތް އާންމުކުރަމުންދާނެ އެވެ.

އެހީގެ ޕްރޮގްރާމަށް ކުރިމަތިލެވޭނީ މިމަހުގެ 31 ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ.