ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފައްޔާޒް އިސްމާއީލް

ކުރިއަށް އޮތީ ވަރަށް ދަތި ހަމަސް: މިނިސްޓަރު

ކުރިއަށް އޮތް ހަ މަހާއި އަށް މަސް ދުވަހު ރާއްޖެއަށް ވަރަށް ދަތިވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރު މި އޮތީ ވަރަށް އުނދަގޫ ހާލަތަކަށް ގޮސްފައި ކަމަށެވެ. ކޮވިޑް-19 އާ ކުރިމަތި ނުވާއިރު ރާއްޖެއިން އަންދާޒާ ކުރީ އިގްތިސޯދު 7.5 ޕަސެންޓަށް ކުރިއަރާނެ ކަމަަށެވެ. ނަމަވެސް މިހާރު ބެލެވެނީ މައިނަސް 11 ޕަސެންޓް ދަށްވާނެ ކަމަށެވެ.

"މިހާރު އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 އަށްވާ ގޮތެއް ހަގީގަތުގައި ނޭނގުން. އަޅުގަނޑުމެންގެ މޭޖާ މާކެޓުގައި ބަލި ފެތުރެމުން ދަނީ. ރާއްޖޭގައި ވެސް އެބަދޭ. އެހެންވީމަ، ވެކްސިނެއް ލިބެންދެން ދަތިކޮށް އޮތް ކަމަށް މި ފެންނަނީ. ބޯޑަރު ބަންދުކޮށް ލޮކްޑައުން ކުރުމުން އެތައް ވިޔަފާރިތަކެއް ވަނީ ބަނގުރޫޓު ވެގެން ގޮސްފައި" ފައްޔާޒު ވިދާޅުވި އެވެ." އެއްވަނަ ދުނިޔޭގެ ގައުމުތަކުގައި ވެސް ތިންވަނަ ދުނިޔޭގައި ވެސް. އެހެންވީމަ އަލުން މީހުން ޗުއްޓީ ކުރުމަށް ފަށާނީ ކޮންއިރަކު ތޯ؟ މީހުންނަށް ވަޒީފާތައް ލިބިގެން! ގަބޫލު ކުރެވޭ ގޮތުގައި ކުރިއަށް އޮތް ހައެއް ނޫނީ އަށް މަސް ވަރަށް ދަތި ވާނެ،"

ކުރީގެ ހާލަތަށް ދެވޭނީ 2022 ގައި

މިނިސްޓަރު ވިދާޅުވި ގޮތުގައި 2019 ގައި ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އަނބުރާ ދެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ގަ އެވެ. އަދި ވިދާޅުވީ މިކަން ދިމާވެފައިވަނީ ހަމައެކަނި ރާއްޖެއަކުން ނޫން ކަމުން ޑޮލަރު ލިބުމާއި އެހެން ކަންކަން ވެސް ވބަންދުވެފައިވާ ކަމަށެވެ.

"އެއީ ބޯޑަރު ތަކުން ފުރައިގެން ފަތުރުވެރިން ނާންނާތީ. މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް މިލިއަނެއްހާ މީހުން އައި. ބަންދު ކުރުމަށް ފަހު ހުޅުވާލި ހިސާބުން މިހާތަނަށް އައީ 2700 މީހުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައި ވަނީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާ، މުޅި ޓޫރިޒަމަށް އިގްތިސޯދު ބަރޯސާވެފައި ވާތީ ކުއްލިއަކަށް އެހެން ދާއިރާތައް ތަރައްގީ ކުރުމަކީ ވެސް ވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އަބަދު ވެސް ވިސްނުމުގައި ހުރި، އަދި ކުރީގެ ހުރިހާ ސަރުކާރުތަކުގައި ވެސް ވިސްނި. މިހާރު އެކަންކަމާ ދާއިރު ވެސް މެދުރާސްތާ ނޫނީ ދުރު ރާސްތާގައި އޭގެ ފައިދާ ކުރާނީ. އެންމެ ބޮޑު ގޮންޖެހުމަކީ ޓޫރިޒަމް. ދުނިޔޭގެ އިގްތިސޯދު ދަށަށްދާތީ މަހުގެ އަގު ވެސް ދަށް ވެދާނެ. އެހެންވެ، އަޅުގަނޑުމެންގެ އެކްސްޕޯޓަށް ގޮންޖެހުމެއް އެބައޮތް،" ފައްޔާޒު ވިދާޅުވި އެވެ.

ރިޒާވެއް ނެތުމުން ވަރަށް ދަތިވޭ

މިނިސްޓަރު ވިދާޅުވި ގޮތުގައި އިގްތިސޯދު ދަމަހައްޓަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ވިޔަފާރިތަކާއި އެހެނިހެން ދާއިރާ ތަކަށް އެހީވާނެ "ރިޒާވެއް" ނެތުމެވެ.

"ވިޔަފާރިތައް ހިފައްޓަން ބޭނުންވާ ވަރަށް ފައިސާ ނެތުން މިއީ ގޮންޖެހުމެއް. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި
ނުދެވުމަކީ ގޮންޖެހުމެއް. އެކަން ޒަމާނުއްސުރެއް ނުވެ އޮތީ. މިހާރު ވެސް ފެނާ ނަރުދަނާއާއެކު 150 ރަށުގައި މިތަނުން ކޮންމެ އެކައްޗެއް މެދު. ފަސްދޮޅަސް ރަށުގައި ނަރުދަމާ އެއަށްވުރެ ގިނަ ރަށުގައި ފެނެއް ނެތް. އަޅުގަނޑުމެން މިދަނީ ކުރީގެ ސަރުކާރު ތަކަށްވުރެ އެމްބިޝަސްކޮށް އެކަންތައް ކުރަން. އިރާދުކުރެއްވިއްޔާ މި ކަންކަން ކުރިއަށް ދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ލޯނު ހޯދުމުގައި ވެސް ދަތިތައް އެބަހުރި

މިނިސްޓަރު ވިދާޅުވީ ލޯނު ނަގައިގެން ހިދުމަތް ދޭން ބަލާއިރު، ރާއްޖެއަށް ލޯނު ލިބުމުގައި ވެސް ދަތި ތަކެއް އެބަހުރި ކަމަށެވެ.

"ދަރަނި ނަގަން ބަލާއިރު ދަރަނި ވެސް މި އޮތީ އެންމެ މަތީގައި އަރާ ޖެހިފަ. އަަޅުގަނޑުމެން ވެސް ދަރަނި ހޯދަމުން މި ދަނީ. އިގްތިސޯދީ ގޮތުން އެކި މީހުން ވެސް ވިސްނުން ތަފާތުވާނެ. ކުރީގެ ބައެއް ފިނޭންސް މިނިސްޓަރުން ވެސް ވިދާޅުވެފަ އެބައޮތް ދަރަނި ނުނަގާށޭ. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތަކީ ދަރަނި ބޮޑުވެއޭ ކިޔާފައި އަސާސީ ހިދުމަތް ނުދީ ތިބެވޭކަށް ނެތް. ފަހަރެއްގައި ފުދިފަ ތިބި މީހުންނަށް ކަމެއް ކަމަށް ނުވެދާނެ. އަޅުގަނޑުމެން ދަރަނި ނަގައިގެން ނަމަވެސް ރައްޔިތުންނަށް އަސާސީ ކަންކަން ކޮށްދެވޭތޯ އެންމެ ފުޅާކޮށް މަސައްކަތް ކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލޯނު ނަގާއިރު ބައިނަލްއަގުވާމީގޮތުން ހުންނަން ޖެހޭ މިންގަނޑު ތަކެއްވާ ކަމަށާއި ޖީޑީޕީ ދަށްވާ ވަރަކަށް އޮޓަމެޓިކުން ވެސް ދަރަނި މަތިވާ ކަމަށެވެ. އަދި ގޮންޖެހުންތައް ހުރުމުން ލޯނު ހޯދަން ވެސް ދަތިވާ ކަމަށެވެ.