ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ޓޫރިޒަމް ވިޔަފާރިތަކަށް ހިލޭ އެހީއަށް އެދުމުގެ ފުރުސަތު

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެގެން ދިޔަ ގޮންޖެހުންތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ދިން އެހީއަށް ބޭނުންވާ ވިޔަފާރިތަކުން، އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން “އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ގެ ދަށުން ހަދިޔާ ކޮށްފައިވަނީ ދެ މިލިއަން ޔޫރޯ އެވެ. އޭގެ ތެރެއިން 1.4 މިލިއަން ޔޫރޯގެ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން މިއަދު ވަނީ ހުޅުވާލާފަ އެވެ.

އެހީއަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ޝަރުތުތައް

  • އަމިއްލަ ފަރުދެއް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ޕާޓްނަޝިޕް ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ވިޔަފާރިއަކަށްވުމާއެކު، ގެސްޓްހައުސްއެއް ނުވަތަ ސަފާރީއެއް އޮޕަރޭޓް ކުރަމުން ދިޔުން.
  • ގެސްޓްހައުސް ނުވަތަ ސަފާރީ ހިންގުމުގެ ސައްހަ ލައިސެންސެއް ޑިސެމްބަރު 2015 އިން 2020ގެ ޖަނަވަރީ ނުވަތަ ފެބުރުއަރީ އަށް ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • ގެސްޓްހައުސް ނުވަތަ ސަފާރީ ވިޔަފާރީގެ އެނދުގެ އަދަދު 40 އަށް ވުރެ އިތުރު ނުވުން.
  • ގުޅޭ ލިޔުންތަކާއި އެކު ފުރިހަމަކޮށްފައިވާ ފޯމު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުން.

މި ޕްރޮޖެކްޓުގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގައި ތަރައްގީ ކުރެވިފައިވާ އިގްތިސާދެއް ގާއިމުކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ހިލޭ އެހީ ހާއްސަ ކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ. އެހީއަށް އެދުމަށް ޝަރުތު ހަމަވާ ވިޔަފާރިތަކުން އޮޕަރޭޓް ކުރާ އެނދަކަށް 2,453.76 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވެ އެވެ.

އެހީއަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އީޔޫ ސަޕޯޓް އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.