ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

ގަވައިދާ ހިލާފުވި އިތުރު ގެސްޓް ހައުސްއެއްގެ ހުއްދަ އަތުލައިފި

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތް ދެމުން ދިޔަ އިތުރު ގެސްޓްހައުސް އެއްގެ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނުފައި ވަނީ އެޗްޕީއޭ އާއި މިނިސްޓްރީން އެކުލަވައިލި ގައިޑްލައިނާ ހިލާފުވި ގެސްޓް ހައުސްއެއްގެ ހުއްދަ ބާތިލު ކޮށްފައިވާ ކަމަށެވެ. އެއީ މާލޭ ސަރަހައްދުގައި ހިންގާ ގެސްޓް ހައުސް އެކެވެ. އެތާނގެ ނަން ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެ އެވެ.

ގަވާއިދާ ހިލާފަށް ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ހިދުމަތްދެމުން ދިޔަ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 17 ވަނަ ދުވަހު ވެސް ވަނީ ބާތިލު ކޮށްފަ އެވެ. އަދި އިތުރު ތިން ގެސްޓްހައުސް އަކަށް ވަނީ އިންޒާރު ވެސް ދިނެވެ.

ދެނުކު އޭޝިޔާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައި ވަނީ މި މަހުގެ 15 ގަ އެވެ. ރާއްޖެ އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ނުގެން ދެވޭނެ ކަމަށް ހެލްތު އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

ނަމަވެސް ގަވައިދާ ހިލާފު ވެގެން ޖުމްލަ ހަތަރު ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ބާތިލު ކޮށްފައި ވެއެވެ