ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ތައިލެންޑުގައި ކަރަންޓްރީން ނުވާ ލިސްޓަށް ރާއްޖެ

ކޮވިޑަށް ފަހު ތައިލެންޑް ހުޅުވާލާފައިވާއިރު އެ ގައުމަށް ގޮސް ކަަރަންޓީން ވާން ނުޖެހޭ ލިސްޓަށް ރާއްޖެ ލައިފި އެވެ.

ތައިލެންޑުގެ ޓޫރިޒަމުން ނެރުނު ކޮވިޑް ރިސްޓްރިކްޝަންސް ލިސްޓުގައި ބުނެފައި ވަނީ މާދަމާއިން ފެށިގެން އެ ގައުމަށް ގޮސް ކަރަންޓީނު ވާން ނުޖެހޭނީ އެމީހަކު ހުރި ގައުމެއްގެ ކޮވިޑްގެ ހާލަތު ރަނގަޅުވެފައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާނަމަ ކަމަށެވެ.

ތައިލެންޑުން ވަނީ އެ އުސޫލުތަކަށް ފެތޭ ލިސްޓެއް ވެސް އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ރާއްޖެއާއެކު 63 ގައުމެއް ހިމެނެ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ސްރީ ލަންކާގެ އިތުރުން ޔޫރަޕްގެ ގައުމުތައް ވެސް ހިމެނެ އެވެ.

ކޮވިޑްގެ ހާލަތު އެއްވަރެއްގައި ރާއްޖޭގައި ވަނީ ހިފަހައްޓާފަ އެވެ. އަދި އާބާދީގެ 60 ޕަސެންޓައްވުރެ ގިނަ މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. ރާއްޖޭގެ ހާލަތު ރަނގަޅުވަމުން ދާތީ ގިނަ ގައުމުތަކަކުން ވަނީ ލުއި ދީފަ އެވެ. އެގޮތުން ޔޫކޭ އަދި އަބޫދާބީގެ ގްރީން ލިސްޓަށް ވެސް ރާއްޖެ ލާފައި ވެއެވެ.