ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މި މަހުގެ ފަހެއް: ވީއައިއޭއަށް އެއާ ޓްރެފިކުގެ ރެކޯޑެއް

ވީއައިއޭގައި ފްލައިޓްތަކެއް ޕާކު ކޮށްފައި: ފްލައިޓް މޫވްމަންޓް ވަނީ ބޮޑުތަނުން އިތުރުވެފައި -- ފޮޓޯ: އެމްއޭސީއެލް
0%
0%
0%

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މި މަހުގެ ފަސް ވަނަ ދުވަހު ރެކޯޑު މިންވަރަށް ޓްރެފިކް މޫވްމެންޓް މަތި ވެއްޖެ އެވެ.

ވީއައިއޭ ބަލަހައްޓާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހަކީ ބޯޑަރު ހުޅުވި ފަހުން އެއް ދުވަހެއްގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ހަރަކާތްތައް އެންމެ މަތިވި ދުވަހެވެ. އެ ދުވަހު އެކަނި ވީއައިއޭގައި 352 އެއާ ޓްރެފިކް މޫވްމެންޓް ރެކޯޑް ކުރެވިފައިވެ އެވެ.

ބޯޑަރު ހުޅުވި ފަހުން މި މަހުގެ ފަސް ވަނަ ދުވަހަކީ ވީއައިއޭއަށް އެންމެ ގިނަ މީހުން އައި ދުވަހެވެ. އެ ދުވަހު 3،100 އަށް ވުރެ ގިނަ މީހުން އައިސްފައި ވެއެވެ.

ވީއައިއޭގެ ޓްރެފިކް މަތި ވެގެން ދާއިރު މައި އެއާޕޯޓަށް މިހާރު ދުނިޔޭގެ މަޝްހޫރު ގިނަ ފްލައިޓް ތަކުން ވަނީ އަލުން ޝެޑިއުލް ދަތުރުތައް ފަށާފަ އެވެ. މީގެ އިތުރުން ޓޫރިސްޓުން އެންމެ ގިނަ މަންޒިލްތަކުން ހާއްސަ ޝެޑިއުލް ޗާޓަރު ތަކެއް ވެސް ކުރަމުން ދެއެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ ފަސް ވަނަ ދުވަހު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 82,902 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޖުމްލަ އައި ޓޫރިސްޓުންގެ އަދަދު ވަނީ 465,749 އަށް އަރާފަ އެވެ. ސަރުކާރުގެ އަމާޒަކީ ބޯޑަރު ހުޅުވުމަަށްފަހު 100،000 މީހުން ހަމަ ކުރުމެވެ. އަދި މި އަހަރު ޖުމްލަ ބައި މިލިއަން މީހުން ގެނައުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910