ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރަޝިއާ އިން އައި ޓޫރިސްޓުންގެ އަދަދު ބައި ލައްކައާ ގާތަށް

Dec 15, 2020

ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް ޓޫރިސްޓުން އަންނަ އެންމެ ބޮޑު މާކެޓު ކަމަށްވާ ރަޝިއާއިން އައި ޓޫރިސްޓުންގެ އަދަދު ބައި ލައްކައާ ގާތަށް ޖެހިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވިފަހުން މިމަހު 13 ގެ ނިޔަލަށް 46،065 މީހުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.

އަދި ޖުލައި މަހު 15 ގައި ބޯޑަރު ހުޅުވިފަހުން 22،807 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމްގެ 10 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާ އެވެ. އަދި ބޯޑަރު އަލުން ހުޅުވި ފަހުން ޓޫރިޒަމްގެ ހިއްސާ ވަނީ 20.7 ޕަސެންޓަށް އިތުރުވެފަ އެވެ.

ރަޝިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވީއިރު އެ ގައުމާއި ރަޝިއާ ހިމެނޭ ސަރަހައްދުން ގިނަ އެއާލައިން ތަކެއް މިހާރު ދަނީ ރާއްޖެ އަންނަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވިފަހުން އިއްޔެގެ ނިޔަލަށް 110،056 މީހުން ވަނީ އައިސްފަ އެވެ.

އަދި މި އަހަރުގެ ޖެނުއަރީން އިއްޔެ ނިޔަލަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 492،903 އަށް އަރާފަ އެވެ. އަދި ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ދަނީ ދުވަހެއް ދުވަހަށް އިތުރު ވަމުންނެވެ. މިހާރު ޑެއިލީ އެރައިވަލްސް އުޅެނީ 4،000 އިން މަތީގަ އެވެ. އަދި މިހާރު ރާއްޖެ އަށް 19 އެއާލައިން އަކުން ދަނީ ދަތުރު ކުރަނުންނެވެ.