ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގޯއެއާ އިން އަނެއްކާ ވެސް ރާއްޖެއަށް ދަތުރުތައް ފަށައިފި

Nov 1, 2020

އިންޑިއާގެ ގޯއެއާގެ ދަތުރުތައް މެދުކަނޑާލުމަށްފަހު އަނެއްކާ ވެސް މިއަދު ފެށިގެން ފަށައިފި އެވެ.

އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ގޯއެއާ އިން ރާއްޖެއަ ށް ދަތުރު ފަށާފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ ޓްރެވަލް ބަބަލްގެ ދަށުންނެވެ. ހާއްސަ މި އިންތިޒާމުގެ ދަށުން އިންޑިއާގެ ތިން އެއާލައިން އެއް މިހާރު ރާއްޖެ އަށް ދަތުރު ކުރަމުންދެ އެވެ. މިއީ ގޯއެއާ ރާއްޖެ އަށް ދަތުރު ފަށާ ދެވަނަ ފަހަރެވެ. ގޯއެއާގެ ދަތުރުތައް 2018 ގައި ވެސް ރާއްޖެ އަށް ކުރި އެވެ. ނަމަވެސް ހުއްޓާލީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުންނެވެ.

ކޮވިޑް-19 އަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޖުލައި 15 ގައި ހުޅުވިފަހުން، މިހާތަނަށް 13 އެއާލައިން އަކުން ދަނީ ދަތުރު ކުރަމުންނެވެ. މީގެތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް ކަމަށް ރަޝިއާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ އެއާލައިންތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ހުޅުވިފަހުން މިހާތަނަށް 37،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ މަސް ތެރޭ 100،000 ޓޫރިސްޓުން ހަމަ ކުރުމެވެ.