ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

20 މެޑިކަލް ސްޓާފެއް އެކަހެރިކޮށް، 8 ސްޓާފުން ކަރަަންޓީނުގައި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ މެޑިކަލް ސްޓާފުންގެ ތެރެއިން 20 ފަރާތެއް އެކަހެރިކޮށްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑް އަށް މަސައްކަތް ކުރާ ފްރަންޓް ލައިންގެ 20 މެޑިކަލް ސްޓާފެއް އެކަހެރިކޮށްފައިވާ ކަމަށެވެ.

އަދި މެޑިކަލް ސްޓާފުންނާއި ސަޕޯޓް ސްޓާފުންނާ ހިމެނޭ ގޮތަށް 8 މީހަކު ވަނީ މިހާރު ކަރަންޓީނުކޮށްފައި ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

މެޑިކަލް ސްޓާފުންގެ އިތުރުން، އެމްއެންްޑީއެފް ސްޓާފުންނާއި ޕޮލިސްގެ ފަރާތްތަކެއްވެސް އައިސޮލޭޓް ކޮށްފައިވާ ކަމަށް މަބްރޫކް މިއަދު ވިދާޅުވި އެވެ. ރާއްޖޭގައި މިފަހުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރޭގައި އެމްްއެންޑީއެފްގެ މީހަކުވެސް ހިމެނޭ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މައުލޫމާތު ދީފަ އެވެ. އެހެންނަމަވެސް، އެ ސިފައިންގެ މީހަކީ ސީދާ ފްރަންޓްލައިންގައި އުޅުނު މީހެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފު ނުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް މިއަދު އެކަނި މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައި އެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 83 އަށް އަރާފަ އެވެ. އޭގެ ތެރެއިން 16 މީހެއް ވަނީ ރަނގަޅުވެފަ އެވެ.