ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހިރިމަރަދޫ މީހާގެ ނަތީޖާ ނެގެޓިވް

Apr 23, 2020

ހދ. ކުޅުދުއްފުށީ ސީކްއީން ބޯޓުގައި ދަތުރުކުރި އެ އަތޮޅު ހިރިމަރަދޫ މީހާގެ ނަތީޖާ ނެގެޓިވްވެއްޖެ އެވެ. ކުޅުދުއްފުށީގެ ގިނަ ބަޔަކާއި ކައިރި އެހެން ރަށްރަށުގެ ވެސް މީހުން އެމީހާއާ ކޮންޓެކްޓްވެފައިވެ އެވެ.

ހިރިމަރަދޫ މީހާއަކީ ހއ. އުލިގަމުން ކޮވިޑް-19އަށް ޕޮޒިޓިވްވީ މީހާއާ އެއް ކޮޓަރިއެއްގައި އުޅުނު މީހެކެވެ. އޭނާގެ ސާމްޕަލް ނަގާފައިވަނީ އިއްޔެ އެވެ.

އެމީހާ ވަނީ ކުޅުދުއްފުއްޓަށް ފައިބާ އެ ރަށުގެ ފިހާރަތަކުން ވިޔަފާރި ވެސް ކޮށްފަ އެވެ. އެހެންވެ މިކަމުގެ ނުތަނަވަސްކަން ކުޅުދުއްފުށީގައި ވަރަށް ބޮޑަށް އޮތެވެ.

އެކަމާ ގުޅިގެން ކުޅުދުއްފުށީގައި މިހާރު ވެސް ގެންދަނީ ކާފިއު ހިންގަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އުލިގަމުން ކޮވިޑް-19އަށް ޕޮޒިޓިވްވީ މީހާއާ އެއް ކޮޓަރިއެއްގައި ހުރި އެހެން އުލިގަމު މީހެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި އެ ކޮޓަރީގެ އުޅުނު އެހެން ބަޔަކު ވެސް މިހާރު ވަނީ އެކަހެރިކޮށްފަ އެވެ.