ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފުލުހުންގެ އިދާރާގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ހަދަނީ

ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ފަށައިފި އެވެ.

އެންއައިއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުންދާ ކަމަށެވެ.

އަދި ވަރަށް އަވަހަށް އެ އިންތިޒާމްތައް ހަމަޖެހި ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި ތިބި ފޮރެންސިކް އެނަލިސްޓުން ބޭނުންކޮށްގެން ސާމްޕަލްތައް ޓެސްޓް ކުރެވިދާނެ ކަމަށެވެ.

"..ޕޮލިސްގެ ފޮރިންސިކް ލެބޯޓަރީގައި ޓެސްޓް ހެދުމުގެ މަސައްކަތްތަކަށް ތައްޔާރުވުމުގެ މަސައްކަތް ރެއިން ފެށިގެން ދަނީ ކުރަމުން. ޕޮލިސް ފޮރިންސިކް ލެބްގައި ޕީސީއާރު މެޝިނެއް ހުުރުމާއެކު އެ މަސައްކަތް ވީހާވެސް އަވަހަށް ހަލުވިކަމާއެކު ފެށުމުގެ މަސައްކަތް އެ ދަނީ ކުރަމުން. އަޅުގަނޑުމެންގެ ފޮރިންސިކް ލެބްގައި ތިބި ފޮރެންސިކް އެނަލިސްޓުން ބޭނުންކޮށްގެން އެކަން ކުރިއަށްގެންދާނީ."

ނަވީން ވިދާޅުވީ ވީހާވެސް އަވަހަށް ނަތީޖާ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ފެށުމުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިރޭގެ މިހާތަނަށްވެސް 300 ސާމްޕަލް ޕެންޓިންގައިވާ ކަމަށެވެ. އަދި ސާމްޕަލްތަކުގެ ނަތީޖާތައް އަވަހަށް ލިބޭނެ ގޮތްތަކެއް ރާވަމުން ގެންދާ ކަމަށެވެ.