ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮޒިޓިވްވި ފުލުހުންގެ އަދަދު 67 އަށް

މިހާތަނަށް 67 ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިހާތަނަށް 67 ފުުލުހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެންމެ ގިނަ ފުލުހުން ޕޮޒިޓިވްވީ މިދިޔަ މަހު އެވެ.

ނަޒްލާ ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައި 21 ފުލުހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ވެސް ހަ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ.

ދާދިފަހުން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ކޮވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ ދުވަސްވަރެއް ކަމަށާ ފްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ވެސް ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށެވެ. އެހެން ކަމުން މަގުމައްޗަށް ނިކުމެ އުޅުމުގައި ސިއްހީ ގޮތުން ރައްކާތެރިވުމަށް ދީފައިވާ އިރުޝާދުތަކަށް ސަމާލުވުމަށް ފުލުުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މާލެ ސިޓީގައި އެއްތަނަކަށް ގިނަ ބަޔަކު އެއްވެ އުޅުން މަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް ގައިދުރުކަމެއް ނެތި، މާސްވެސް ނާޅާ ގިނަ ބަޔަކު ބައިވެރިވާ އެއްވުންތައް ބާއްވަމުންދާތީ އެކަން ނުކުރުމަށްވެސް ވަނީ އެދިފައެވެ.