ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މުދާ ބޯޓް ފަހަރަށް ދަތި ނުކުރަން އިލްތިމާސްކޮށްފި

ހުއްދައާއެކު މާލެއިން މުދާ ހިފައިންދާ ފުރާ ބޯޓް ފަހަރު ރަށްރަށަށް ގޮސް މުދާ ބާލާއިރު ކައުންސިލުންތަކުން އެކަމަށް ދަތި ނުކުރުމަށް ފުލުހުން އިލްތިމާސެއް ކޮށްފި އެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ތެލާއި، އަސާސީ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ނޯތު ހާބަރާއި ޓީޖެޓީ ސަރަހައްދަށް މުދާ އުފުލާ ބޯޓް ފަހަރަށް ކައިރި ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މާލެއިން މުދާ ބަރު ކޮށްގެން ފުރާ ބޯޓް ފަހަރު ރަށްރަށަށް ކައިރިކޮށް މުދާ ބޭލުމުގައި ދަތިތައް ދިމާވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާ އެކަން އެގޮތަށް ނުކުރަން އިލްތިމާސް ކުރައްވާ ކަމަށެވެ.

ނަވީން ވިދާޅުވީ މާލެ ބަދަރުން މުދަލާއެކު ބޯޓެއް ފުރާނީ ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ކަމަށެވެ. އަދި އެގޮތަށް ފުރާ ބޯޓް ފަހަރުގެ މައުލޫމާތު އެލްޖީއޭ މެދުވެރިކޮށް ލިބޭނެ ކަމަށެވެ. ބޯޓު ފަހަރުގެ ދަތުރުތަކަށް ބުރޫއަރާ ގޮތަށް އެއްވެސް ކައުންސިލަކުން މަސައްކަތް ނުކުރުމަށް ވެސް ނަވީން އެދި ވަޑައިގަތެވެ.

"އަޅުގަނޑުމެން މާލެއިން ފުރުމުގެ ހުއްދަ މި ދެނީ ޝަރުތުތައް ފުރިހަމަވީމަ. އެހެން ނަމަވެސް ބައެއް ފަހަރު ބޯޓުން މުދާތައްވެސް ބޭލެނީ ކައުންސިލުން ވަކި ހުއްދައެއް ދިނީމަ. އެެހެންވީމަ އެކަމުގެ ސަބަބުން އޮޑިވެރިންނަށް ވަރަށް ބޮޑަށް ދަތިވާކަމުގެ ޝަކުވާ ލިބެމުންދޭ."