ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް ލެބުން ކޮވިޑަށް ޓެސްޓް ކުރަން ފަށައިފި

Apr 26, 2020

ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި މިހާރު ކޮވިޑަށް ޓެސްޓް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހި ސާމްޕަލްތައް ޓެސްޓް ކުރަމުން ގެންދާ ކަމަށެވެ.

ރެއިން ފެށިގެން ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި ކޮވިޑަށް ޓެސްޓް ކުރަމުންދެ އެވެ. ފުލުހުން ޓެސްޓް ކުރަމުން ގެންދަނީ ކުރެއްދޫއިން ނަގާފައިވާ ސާމްޕަލްތަކެވެ. ނަވީން ވިދާޅުވީ ކުރެއްދޫއިން މިހާތަނަށް ނަގާފައިވާ ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބޭނެ ކަމަށެވެ.

"އެ މެޝިނުގެ މަސައްކަތް ފަށައިފިން. ރޭވެސް ދިޔަ ކުރެއްދޫގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ މަސައްކަތް. އަދި މިރޭ 8:30 ގެ ކުރިން އެ ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާ އެޗްޕީއޭއާ ހަވާލުކޮށް ނިންމާލެވޭނެ."

ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެނބުރި ގައުމަށް ދިޔަ ފަހުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.