ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރަޕްޝަންގެ އިނގިލި ދިއްކުރާނެ ޖާގައެއް ނޯންނާނެ: އަލީ ވަހީދު

Apr 27, 2020
9

ކޮވިޑް-19 އާ ގުޅިގެން އަލަށް ގާއިމުކުރި ކަރަންޓީނު ފެސިލިޓީތަކާއި އަދި އެފަދަ ފެސިލިޓީތަކުގެ ބޭނުންކުރަމުންދާ ރިސޯޓުތަކާ ގުޅުވައިގެން ކޮރަޕްޝަންގެ އިނގިލި ދިއްކުރެވޭނެ އެއްވެސް ޖާގައެއް ނޯންނާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކާއި ގުޅުވައިގެން ހުރިހާކަމެއްވެސް ހިނގާފައިވާނީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކަމަށެވެ.

"ފެސިލިޓީސްތަކާ ގުޅުވައިގެން ކޮރަޕްޝަންގެ އިނގިލި ދިއްކުރާނެ ޖާގައެއް ނޯންނާނެ. ކޮންމެ އޮފީހަކަށް ވަދެ ބެލިޔަސް އެ ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ. އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވާލަން އެނގޭ އެއްވެސް ފެސިލިޓީއެއް މެނޭޖްކުރުމުގައި ކޮރަޕްޝެއް ނުހިމެނޭނެ،" ގިނަ ދުވަސްތަކަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކަރަންޓީނު ފެސިލިޓީތަކާ ގުޅުވައިގެން ހާއްސަކޮށް ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރެމުންދާކަމަށެވެ. އެގޮތުން، ކަރަންޓީނު ފެސިލިޓީތަކުގެ ބޭނުންކުރަމުންދާ ރިސޯޓުތަކުގެ ލީސް އެގްރީމަންޓް ސަސްޕެންޑް ކުރެވިފައިވަނީވެސް ބަންޑާރަ ނައިބުގެ ލަފާގެ މަތީން ކަމަށާއި، އަދި އެތަންތަނުގައި ބޭނުންކުރާ ކޮންމެ ކޮޓަރިއަކަށް ދުވާލަކަށް ހަރަދުކުރާ 750 ރުފިޔާއަކީ ހުރިހާ ކަމަކަށް ހޭދަވާ އަދަދެއްކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ޖުމްލަކޮށް 560 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ސަރުކާރުން ރޭ ވަނީ ހާމަކޮށްފަ އެވެ.