ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 16 މީހަކު ޕޮޒިޓިވްވެ އަދަދު 245 އަށް

ކޮވިޑް-19 އަށް އިތުރު 16 މީހަކު ޕޮޒިޓިވްވެ އަދަދު 245 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ނުވަ މީހަކާއިި އިންޑިއާގެ ހަތަރު މީހެއްގެ އިތުރުން ތިން ދިވެހިން ކަމަަަށެވެ.

ރޭ ވެސް ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެހެން ކަމުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 245 އަރާފައެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ޕޮޒިޓިވް ކޭސްއާއެކު ފުލުފުލުގައި މި ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. މާލެއިން ފުރަތަމަ ޕޮޒިޓިވްވީ އަންހެނަކާ އޭނާގެ ކުޑަ ދަރިފުޅެވެ.

މިފަހުން ގިނައިން ޕޮޒިޓިވްވަމުންދަނީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނެވެ. އެ މީހުންގެ މެދުގައި އަދިވެސް މި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެކަމާ ގުޅިގެން ތޮއްޖެހިގެން ދަތި ތަންކޮޅުކޮޅުގައި އުޅޭ ބިދޭސީންގެ ކަންކަން ފުލުހުން ދަނީ ބަލަހައްޓަމުންނެވެ.

މީގެ އިތުރުން ޑެލިވަރީގައި އުޅުނު މީހުންނާއި، ބާޒާރުމަތީ ފިހާރަަތަކުގައި މަސައްކަތް ކުރަމުންދިޔަ ބައެއް މީހުންނާއި ސިފައިންގެ ފަސް މީހަކުވެސް ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ ކުރިން މާލެއާ އަތޮޅުތެރޭގައި ދަތުރުކުރާ ބޯޓެއްގެ ކެޕްޓަންގެ އިތުރުން އުތުރަށް ދަތުރުކުރި ބޯޓެއްގައި ހުރި މީހަކުވެސްް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ދެ ކޭސްގެ ސަބަބުން އަތޮޅުތެރެއަަށް ބަލި ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަަޅާފައެވެ.