ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ފަހުން އެ މުއްދަތު މިމަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އެ މުއްދަތު މިއަދު ހަމަވާނެއެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވާ މިއަދު ނެެެެރެފައިވާ ގަރާރުގައި ބުނެފަައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހު އިއުލާނުކުރި އާންމު ސިއްހަތުޔެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އެބައޮތް ކަމަަށާ އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިރުޝާދު ދެއްވާފައިވާ ކަމަަށެވެ.

އެހެން ކަމުން މުޅި ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މެެެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ގަރާރުގައި ހާލަތާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަނީ އަންގާފައެވެ.