ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 10 ކޭސް، އަދަދު 491 އަށް

ރާއްޖެއިން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 491 އަށް އަރައިފި އެވެ.

އެހެން ކަމުން ހުކުރު ދުވަހު ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 23 އަށް އަރާފައެވެ. އެޗްޕީއޭއިން ބުނި މިރޭ ޕޮޒިޓިވްވީ ދިހަ މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި، ބަންގްލަދޭޝްގެ ތިން މީހުންގެ އިތުރުން އިންޑިއާގެ ދެ މީހެއް ކަމަށެވެ.

ކުރިން ޕޮޒިޓިވްވީ 13 މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ. އެއީ ހަތް ދިވެހިންނެވެ. ދެން ހިމެނެނީ ހަ ބިދޭސީންނެވެ. އެ މީހުން ނިސްބަތް ވަނީ ބަންގްލަދޭޝް އަށެވެ.

އެހެން ކަމުން ހުކުރު ދުވަހު ޕޮޒިޓިވްވީ ދިވެހިންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. މިހާތަނަށް ޕޮޒިޓިވްވީ 491 މީހުންގެ ތެރެއިން 155 މީހުންނަކީ ދިވެހިންނެވެ. 336 މީހުންނަކީ ބިދޭސީންނެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު އިއްޔެ އަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. އިއްޔެ އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.