ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަށްރަށުގައި އެޅި ފިޔަަވަޅުތައް ބާތިލްކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން ބާތިލު ކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ސޮއިކުރައްވާ މިރޭ ނެރުނު އެންގުމެއްގައި ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން އަންގަވާފައިވާ އެންގުންތައް ބާތިލްކޮށްފައިވާ ކަމަށެވެ.

ކޮވިޑްގެ ބަލި މީހުން މާލެއާއި އަތޮޅުތަކުން ފެނުމާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ކޮވިޑްގެ ބަލި މީހުން ފެނިފައިވަނީ ރާއްޖޭގެ މަދު ރަށްތަކަކުންނެވެ. އެ ރަށްރަށުންވެސް މިފަހުން ކޮވިޑްގެ އެއްވެސް ބަލި މީހަކު ފެނިފައިނުވާތީ ރަށްތައް ވަނީ ހުޅުވާލާފައެވެ. އަދި އެއް ރަށުން އަނެއް ރަށައް ދަތުރުކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

ރާއްޖެއިން މިހާތަނަށް 2035 މީހަކަށް ކޮވިޑް ޖެހިފައިވާއިރު މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައިވެސް ވަނީ ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއް ދީފައެވެ.