ކަނޑުހުޅުދޫ

ކަނޑުހުޅުދޫ ބަނދަރު މަސައްކަތް ނިންމައިފި

ގއ. ކަނޑުހުޅުދޫ ބަނދަރުގައި ތޮށި ލުމުގެ މަސައްކަތް ނިމިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ކަނޑުހުޅުދޫ ބަނދަރު ތޮށި ލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރު މާޗް މަހުގެ 27 ވަނަ ދުވަހު އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމާށެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތުގައި 414 މީޓަރުގެ ބޭރު ތޮށިގަނޑާއި 2300 ސްކޮއާ މީޓަރުގެ ވާޓަރެއް ހަދާ ނިންމާފައިވާ ކަމަށެވެ.

ކަނޑުހުޅުދޫ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެޕޮލްމެންޓް (އޮފިޑް) އިން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ހިންގި މަޝްރޫއެކެވެ.