ރާއްޖެ ކުޅިވަރު

ޓީސީ ފެށުން ރަނގަޅުކޮށްފި

Sep 16, 2015

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު މަހިބަދޫއާ ވާދަކޮށް 2-0 އިން މޮޅުވެ، ޓީސީ ފެށުން ރަނގަޅުކޮށްފި އެވެ.

މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ދެ ޓީމުގެ މެޗުގައި ޓީސީ އަށް ލަނޑު ޖަހައިދިނީ ފަހުހާފުގައި އަލީ ނާފިއު (ކަޅޭ) އާއި ރަފޭލް އެވެ. މެޗުގެ ފުރަތަމަ ހާފުގައި މަހިބަދޫ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޓީސީގެ ކީޕަރު މުހައްމަދު އިމްރާން ވަނީ އެބޯޅަ ދިފާއުކޮށްފަ އެވެ.

ހދ. ކުޅުދުއްފުށީގައި ކުޅެމުން އަންނަ ގްރޫޕް އޭގެ ފުރަތަމަ މެޗު އިއްޔެ ކާމިޔާބިކުރީ އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓެވެ. އެ ޓީމު މޮޅުވީ ފަހަތުން އަރައި ބީޖީ އަތުން 3-1އިންނެވެ.

މި ގްރޫޕުގައި ހުކުރު ދުވަހު ކުޅޭނީ ބީޖީ އާއ މަހިބަދޫ އެވެ. ހޮނިހިރު ދުވަހު ކުޅޭނީ ނިއު އާއި ޓީސީ އެވެ