ރާއްޖެ ކުޅިވަރު

އަދުހަމް އީގަލްސްއިން ވަކިކޮށްފި

Sep 17, 2015

އީގަލްސްގެ އެޓޭކިން މިޑްފީލްޑަރު ހަސަން އަދުހަމް ޓީމުން ވަކިކޮށްފި އެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރަން މިވަގުތު އައްޑޫގައި ތިބި އީގަލްސް ޓީމާއެކު އަދުހަމް ނުފެންނާތީވެ ސުވާލުކުރުމުން އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ "އަދުހަމް މިހާރު އުޅެނީ އަޅުގަނޑުމެންނާއެކުގައި ނޫން،" ކަމަށެވެ.

ޓީމުގެ އެހެން އޮފިޝަލަކު ވަނީ އަދުހަމް އީގަލްސްއިން މި އަހަރު ފެނުން ވަރަށް ދުރުކަމަށް ވެސް ބުނެފަ އެވެ. އެއީ އަހުލާގީ މައްސަލަތަކާހުރެ ކުލަބުން ހިތްހަމަނުޖެހުމުންނެވެ.

ވިކްޓަރީގައި ރަނގަޅު ކުޅުމެއް ދެއްކި އަދުހަމް އަކީ މިދިޔަ އަހަރު އީގަލްސްގައި ވެސް ވަރަށް ރަނގަޅަށް ކުޅެ ގައުމީ ޓީމުން ވެސް ޖާގަ ހޯދި ކުޅުންތެރިއެކެވެ. ނަމަވެސް އެންމެ ފަހުން އެކުލަވާލި ގައުމީ ސްކޮޑުގައި ވެސް އޭނާނެތެވެ.