ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 14 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 541 އަށް އަރައިފި އެވެ.

އެކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވަމުންނެވެ. އެހެން ކަމުން މިއަދު ކޮވިޑަށް 14 މީހަކު މި ވަނީ ޕޮޒިޓިވްވެފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެންއީއޯސީން ބުނެފައިވަނީ އެ ވަގުތާއި ހަމައަށް ޕޮޒިޓިވްވި އަދަދަކީ 527 ކަމަަށެވެ.

މިހާތަނަށް ޕޮޒިޓިވެވެފައިވަނީ 185 ދިވެހިންނާއި 356 ބިދޭސީންނެވެ. އަދި މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 523 މީހުންގެ ތެރެއިން، ވަރަށް މަދު މީހެއް ފިޔަވައި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ "ކޯވިޑް-19" އާ ދެކޮޅަށް މަސައްކަތް ފެށި ފަހުން، މިހާތަނަށް އެހި އެންމެ ހިތްދަތި ޚަބަރަކީ، މި ބަލީގެ ޝިކާރައަކަށްވެ، އުމުރުން 83 އަހަރުގެ އަންހެން އަޅުގަނޑުމެންނާ ވަކިވުން ކަމަށެވެ.

އިއްޔެ އަކީ މި ފަހުން އެންމެ މަދުން ކޮވިޑަށް މީހުން ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެގެ ނަންބަރަކީ އަށެކެވެ.

ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 28 މީހުންނެވެ. ހުކުރު ދުވަހުވެސް ވަނީ 23 މީހަކު ޕޮޒިޓިވްވެފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.