ރާއްޖެ ކުޅިވަރު

ވެލެންސިއާގެ ކޮކީ ކޮބާ؟

Sep 17, 2015

މި ސީޒަނުގައި ވެލެންސިއާގެ ފޯވަޑް ލައިން ވަރުގަދަ ކުރުމަށް ގެނައި އެންމެ މުހިންމު ކުޅުންތެރިއަކީ މިދިޔަ ތިން އަހަރު ވިކްޓަރީ އަށް ކުޅުނު ހުސައިން ޝިމާޒް (ކޮކީ) އެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕް ހިނގަމުންދާއިރު ޓީމާއެކު ކޮކީ ނެތެވެ. މިވީ ކިހިނެތް ހެއްޔެވެ؟

ވެލެންސިއާގެ އިސް އޮފިޝަލަކު ބުނީ ކޮކީ ޓީމާއެކު ޕްރެކްޓިސް ނުކުރާ ކަމަށެވެ. މިހެންވެ ޓީމު ލިސްޓުގައި އޭނާގެ ނަން ހިމަނާފައިނުވާނެ ކަމަށެވެ. އަދި މި ސީޒަނުގައި ވެސް އޭނާ ޓީމުން ފެނުނުން ވަރަށް ދުރު ކަމަށެވެ.

ކޮކީ އެންމެ ފަހުން ފެނުނީ ބައިބަލާ މުބާރާތުންނެވެ. ވެލެންސިއާއިން ބުނީ ރޯދަ މަހު ބައިބަލާ ކުޅެން ފެށި ހިސާބުން ކޮކީ ވެލެންސިއާގެ ފަރިތަކުރުންތަކަށް ނާންނަ ކަމަށެވެ. އަދި ޓީމުން ޖާގަ ލިބޭނީ ބަރާބަރަށް ޕްރެކްޓިސް ކުރާ ފަރުވާ ބަހައްޓައިގެން ކުޅޭ ކުޅުންތެރިންނަށް ކަމަށެވެ.

ވިކްޓަރީގައި މޮޅަށް ކުޅުނު ނަމަވެސް ވެލެންސިއާ އަށް ބަދަލުވުމަށް ފަހު ކޮކީ ޖެހީ އެންމެ ގޯލެކެވެ.