ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އެހީތެރިވުމުގެ ގޮތުން އެއްބާރުލުން ދެމާ!

ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަަރާތްތަކުގެ ތެރެއިން އެންމެ ރިސްކު ބޮޑުކޮށް މަސައްކަތް ކުރާ އެއް ބަޔަކީ ވެމްކޯގެ މުވައްޒަފުންނެވެ. ކޮންމެ ދުވަަހަކު ވެމްކޯގެ ޓީމް ގެއިން ނިކުންނަކީ އާއްމުންގެ ގެތަކުން އުފައްދާ ކުނި ނެރެ އުކާލުމަށެވެ. އެމީހުންވެސް މަސައްކަތަށް ނިކުމެ އުޅެނީ މުޅި ރާއްޖޭގައި ފެތުރިފައި އޮތް ވައިރަސްް ޖެހުމުގެ ބިރާވެސް އެކު އެވެ. މަސައްކަތް ނިންމާ އެނބުރި ދާންވެސް ހުރީ އަމިއްލަ އާއިލާ ކަމަށްވުމުންނެވެ.

މި ހީވާގި މުވައްޒަފުން ރޯދަ މަހުގެ އެންމެ ހޫނު ގަޑީގައި މަސައްކަތަށް ނިކުމެ އުޅޭ އިރު އަދިވެސް އެމީހުންގެ މަސައްކަތަށް އުނދަގޫވާނެ ކަހަލަ ކަންކަން ދިމާވެ އެވެ. ގަޑިއަށް ކުނި ނުނެރުމާއި ކުނި ނެރެން އޮންނަ ގަޑި ހަމަވުމުންވެސް ކުނި ކޮތަޅުތައް ނެރެ މަގުގެ އެތަން މިތަނަށް އަޅާފައި ބެހެއްޓުމެވެ. އެއްވެސް ގޮތެއް ނެތި މިހެން ހެދުމުގެ ސަބަބުން އެމީހުން ކުރާ މަސައްކަތްވެސް ދެގުނަ އިތުރުވެ އެވެ.

ވެމްކޯ އިން ތައްޔާރުކޮށްފައިވާ ވީޑިއޯ އެއް --

ގޭބީސީތަކުން އުކާލާާ ކުނި ނެރެން ވަކި ގަޑިއެއް ހަމަޖައްސާފައި އޮތް އިރު އެ ގަޑިއަކަށް ކުނި ނެރުމަކީ ވެމްކޯ މުވައްޒަފުން މިއަދުވެސް އެދޭ އެދުމެކެވެ. އެމީހުންގެ މި ބުރަ މަސައްކަތަށްވެސް ލުޔެއް ދެވޭނީ އެއްބާރުލުން ދީގެންނެވެ.

މިހާރު ކުނި ނެރުމަށް ކަނޑައެޅިފައިވާ ގަޑި، 12:00 އިން 14:00 އަށް ކުނި ނެރުމަކީ މަސައްކަތަށް ދެވޭނެ އެންމެ ބޮޑު އެއްބާރުލުމެވެ. އަދި ވެމްކޯ އިން އެދޭ ގޮތަށް ކޮތަޅުތައް ބެހެއްޓުމަކީވެސް ސަމާލުކަންދޭންޖެހޭ ކަމެކެވެ. ދެ ކޮތަޅަށް އަޅާ ރަނގަޅަށް ބަންދުކޮށްފަ އެވެ.

ކިތަންމެ ކުޑަ ހެޔޮ އަމަލަކުންވެސް އެމީހުންގެ ވަގުތާއި މަސައްކަތުން ލިބޭ ބުރަ ކުޑަ ވާނެ އެވެ. އެދުވަހެއްގެ ގަޑިއަށް ކުނި ނެރުމަށް ހާއްސަ ސަމާލުކަމެއް ދީގެން އަދި އެ ދުވަހެއްގެ ކުނި ނުނެރެވިއްޖެ ކަމުގައި ވާނަމަ މަގުމަައްޗަށް ކުނި ނުނެރެ ޖެހިގެން އަންނަ ދުވަހު ކުނި ނެރުމަކީ މާ އުނދަގޫ ކަަމެއް ނޫނެވެ. މިކަން ފަރުދީ ޒިންމާ އެއް ކަމަށް ދެކި ކޮށްދިނުމަކީ އާދޭހެކެވެ.

ހަނދާންކުރަންވީީ، މިފަދަ ދަނޑިވަޅެއްގައި ވެމްކޯގެ މުވައްޒަފުންވެސް ކުރަމުން އެ ދަނީ ރިސްކު ބޮޑު މަސައްކަތެއް ކަމެވެ. އެއީވެސް ހަމަ އާއިލާތައް އޮންނާނެ ބަޔެކެވެ. ލޯބިިވާ އެތައް ބަޔަކު އުޅޭނެ އެވެ. ވައިރަސް ޖެހުމުގެ ބިރާއެކު ކޮންމެ ދުވަހަކު ނިކުންނަނީ އެކަން އެނގި ހުރެ އެވެ. މިވަގުތު ދެވެން އޮތް އެހީތެރިކަމަކީ އެއްބާރުލުން ދިނުމެވެ. އެކަން ކޮށްދެމާހެއްޔެވެ؟