ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ގޮހޮރުގެ މައްސަލަތައް ވެސް ކޮވިޑްގެ އަލާމާތެއް!

އިންސާނާގެ ގޮހޮރުގައި ވެސް ކޮރޯނާވައިރަސް އަށަގަތުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. ގޮހޮރުގައި އިންފެކްޝަން އުފެދި އާލަވުމުގެ ނަތީޖާއެއްގެ ގޮތުން ގޮހޮރުގެ ނިޒާމުގެ ތަފާތު މައްސަލަތައް ވެސް ކޮވިޑް-19ގެ ފުރަތަމަ އަލާމާތުގެ ގޮތުގައި ފެނިދާނެ ކަމަށް ފަހުގެ ދިރާސާއަކަށްފަހު ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ޖާނަލް ސައިންސްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި ސާސް-ކޯވީ-2 ވައިރަސްގެ ޓާގެޓް އޯގަންގެ ތެރޭގައި ގޮހޮރު ހިމެނެ އެވެ.

ދިރާސާއިން ދައްކާފައިވާ ގޮތުގައި ފުއްޕާމޭގެ އެޕިތީލިއަލް ސެލްސް އަށް ކޮރޯނާވައިރަސް ވަދެ އޭސް2 ކިޔާ އެންޒައިމެއް އޭގެ ބޭނުން އެންމެ ފުރިހަމައަށް ކުރެ އެވެ. މިއީ ބަލި އިތުރަށް އުފައްދާ ފަތުރަން ކުރާ ކަމެއް ކަމަށް މި ދިރާސާ ކުރި ނެދަލެންޑްސްގެ އެރަސްމުސް މެޑިކަލް ސެންޓަރުގެ ސައިންސްވެރިންގެ ޓީމުން ވަނީ ބުނެފަ އެވެ.

އެގޮތުން ފުއްޕާމޭގެ ސެލްތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ނޭވާލުމުގެ ނިޒާމުގެ ތަފާތު މައްސަލަތައް ދިމާވެ އެވެ. ކެއްސުމާއި ނޭވާކުރުވުން ފަދަ މައްސަލަތައް ދިމާވުމުގެ އިތުރުން ނިއުމޯނިއާ ޖެހެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ހަމަ މިގޮތަށް ގޮހޮރުގެ ނިޒާމުގެ ސެލްތަކަށް ވެސް ކޮރޯނާވައިރަސް ވަދެ ހިސޯރު ކުރެ އެވެ. ކޮރޯނާވައިރަސް ޖެހޭ ބައެއް މީހުންނަށް ބޭރަށް ހިންގުން ފަދަ މައްސަލަތައް ދިމާވަނީ ގޮހޮރުގައި ވައިރަސް އަށަގަތުމުންނެވެ.