ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ޕޮޒިޓިވް އަދަދު 557 އަށް

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު ހަ މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ ފަސް ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތަކު ކަމަށެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 557 އަށް އަރާފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައި ވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. އެ ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައި ވެއެވެ.

  • ޕޮޒިޓިވްވި އަދަދު: 557
  • ކަރަންޓީނު: 1759
  • އައިސޮލޭޝަން: 458
  • މަރު: 01

މި ވަގުތު ކަރަންޓީންގައި ތިބީ 1759 މީހުންނެވެ. އަދި 458 މީހުން އައިސޮލޭޝަންގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން އެކަކު ވަނީ މަރުވެފައި ވެއެވެ.