ހެރިޓޭޖް މިނިސްޓްރީ

ފަންނާނުންވެސް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވާން އެދެފި

May 7, 2020
11

ކޮވިޑް-19 އާ ގުޅިގެން ފަންނާނުންގެ އާމްދަނީއަށް ބަދަލު އައިސްފަައި ވާނަމަ އެކަން ޖޮބް ސެންޓަރާއި ހިއްސާ ކުރަން އެދިއްޖެ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން އިގްތިސޯދި ހުއްޓުމަކަށް އައިސްފައިވާތީ އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބެމުން އަައި މަގުތައް ވަނީ ބަންދުވެފަ އެވެ. އަދި އެތައް ބަޔަކު އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތްތައް ވެސް ވަނީ ހުއްޓާލާފަ އެވެ.

އެހެންވެ ވަޒީފާ ގެއްލޭ މީހުންނާއި، ކޮވިޑާ ގުޅިގެން އާމްދަނީ އަށް ބަދަލު އައި ފަރާތްތައް ދެނެގަނެ އެ މީހުންނަށް ތިން މަސް ދުވަސްވަންދެން ފައިސާގެ އިނާޔަތް ދިނުމަށް ސަރުކާރުން ވަނީ ނިންމައި އިކޮނޮމިކް މިނިސްޓްރީން ގާއިމު ކޮށްފަައިވާ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ވާން ވަނީ ހުޅުވާލާފަ އެވެ.

ނަމަވެސް ކުރިން އެ ފުރުސަތުގަައި ފަންނާނުން ހިމެނިފައި ނުވާތީ އެކަމާ ފަންނާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންވެ އާޓްސް މިިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ފަންނާނުންގެ އާމްދަނީ އަށް ބަދަލު އައިސްފަައިވާނަމަ އެކަން ޖޮބް ސެންޓަރާއި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

ފަންނާނުންނަށް ދޭން ނިންމާފަައިވާ މިންވަރާ ބެހޭ ގޮތުން އެެއްވެސް މައުލޫމާތެއް ހިމަނާފައެއް ނުވެެއެވެ.