ބީއެމްއެލްގެ އެހީގައި ގައުމީ ދާރުލްއާސާރު ތަރައްގީކޮށް މާދަމާ އާންމުންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި މުހިއްމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ.
ބީއެމްއެލް އިން ވަނީ މި ޕްރޮޖެކްޓް ހިންގުމަށް ދެ މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފަ އެވެ.
ދާރުލްއާސާރު ތަރައްގީކުރުމަށް ހިންގުނު ޕްރޮޖެކްޓްގެ ދަށުން ބީއެމްއެލްގެ އެހީގައި ދާރުލްއާސާރުގައި ކުރިން ބަހައްޓާފައި ނުވާ އާސާރީތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި އެ ތަކެތި ޑިސްޕްލޭ ކުރެވިގެންދާނެ އެވެ.
ސްކޫލް ދަރިވަރުންނާއި ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީހާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ހާއްސަ މަލްޓިމީޑިއާ ރޫމެއްވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި އޭޓީއެމް އެއްވެސް އެތަނުގައި ވަނީ ބަހައްޓާފަ އެވެ.
ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އާއި ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ މިއަދު ވަނީ ދާރުލްއާސާރު ބައްލަވާލައްވާފަ އެވެ.