ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ލޮކްޑައުންގައި މީހަކު މަގުމަތި ވެފައި ނޯންނާނެ"

މާލީ ހާލަތު ދައްވެ، ގޭގެ ކުލި ނުދެއްކުމުގެ ސަބަބުން މީހުން ގެއިން ނެރެލާ ކަމަށް ބުނެ ޝަކުވާތައް ލިބުނު ކަމުގައި ވިޔަސް އެއްވެސް މީހަކު މަގުމަތިވިޔަ ނުދޭ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ވިދާޅުވީ ދައުލަތުގެ އެކި އެކި އިދާރާތަކުން ހަމަޖައްސާފައި ހުރި އިންތިޒާމްތަކުގެ ތެރެއިން އެއްވެސް މީހަކު ބާކީ ކޮށްލާފައި ނުވާނެ ކަމަށެވެ. އެގޮތުން، އެކި ފެސިލިޓީތަކާއި ހިޔާވަހިކަން އިންތިޒާމް ކޮށްފައިވާ އިރު އެއްވެސް މީހަކު މަގުމަތި ވެގެން ނުދާނެ ކަމަށެވެ.

"މި ލޮކްޑައުންއަށް ފަހު، އެއްވެސް މީހަކު މަގުމަތިވެގެން ބާކީވެގެން ނުދާނެ. ކޮންމެވެސް ގޮތެއް ކޮންމެވެސް އިދާރާއަކުން އެހީ ވެދޭނެ. ޖެންޑާ އިންނާއި ފުލުހުން ވެސް މަސައްކަތް ކޮށްދެއްވާ. އެކަހަލަ ހާދިސާ އެއް ދިމާވާ ފަރާތެއް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބަޔަކާ ގުޅިޔަސް މިވަގުތު ދޫކޮށް ނުލާނެ. އެހީތެރިކަން ފޯރުކޮށް ދޭނެ"

ސިޓީ ކައުންސިލުން މިހެން ބުނި ނަމަވެސް، އޭޕްރީލް މަހުގެ ކުލި ނުދެއްކި 12 މީހަކު ގެއިން ނެރެފައިވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި 25 މީހަކަށް ކުލި ދެއްކޭނެ ގޮތެއް ނެތުމުން ދިރިއުޅޭ ތަނުން ނެރެލާނެ ކަމަށް ގޭގެ ވެރިފަރާތުން އަންގާފައި ވާ ކަމަށް ވެސް އެޗްއާރްސީއެމަށް ފާހަގަވެފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ޝަމާއު ވިދާޅުވީ، މާލީ ހާލަތު ދަށްވެ އަދި އިތުރު ސަބަބުތަކާ ހުރެ މާލެއިން ރަށަށް ދާން ބޭނުންވާ 5،000 ވުރެ ގިނަ މީހުން އެބަތިބި ކަމަށާއި ޖެންޑާ އާއި ކައުންސިލްތަކާއި ފުލުހުންނާ ގުޅިގެން އޭގެ ފައިނަލް ލިސްޓެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ.