ހަބަރު

ލަންކާގެ 285 މީހަކު ފުރުވާލައިފި

ސްރީލަންކާގެ 285 މީހަކަށް ފުރުމުގެ ހުއްދަ ދިނުމުން އެ މީހުން މިއަދު ފުރައިފި އެވެ.

ދުނިޔޭގައި ފެތުރިފައިވާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބައެއް ގައުމުތަކުން ބޯޑަރުތައް ބަންދުކޮށް ހަރުކަށި ފިވަޅުތައް އަޅާފައިވުމުން، ރާއްޖެ އައިސް ތިބި ބޭރު ގައުމުތަަކުގެ މީހުން އެނބުރި ގައުމަށް ނުދެވި ތާށިވެފައި އެބަ ތިއްބެވެ.

އިމިގްރޭޝަންނުން މިއަދު ބުނީ، ތިން ގައުމެއްގެ މީހުންނަށް ފުރަން ހުއްދަ ލިބުމުން އެމީހުން ސްރީލަންކާ މަގުން ފޮނުވާލާފަައިވާ ކަމަށެވެ. އެއީ ލަންކާގެ 285 މީހަކާއި ޖަޕާންގެ 14 މީހަކާއި ކޮރެއާގެ ދެ މީހެކެވެ. ޖުމްލަ 301 މީހަކު ވަނީ ފުރައިގެންގޮސްފައެވެ.

މި މީހުން ފުރައިފައި ވަނީ އެމީހުން ގެންދިޔުމަށް ލަންކާއިން އައި ހާއްސަ އިވެކުއޭޝަން ފްލައިޓުގައި ކަމަށް އިމްގްރޭޝަނުން ބުންޏެވެ. އަދި ޖަޕާން އާއި ކޮރެއާ މީހުން އެ މީހުންގެ ގައުމުތަކަށް ދާނީ، ލަންކާ މަގުން ކަމަށްވެސް އިމްގްރޭޝަނުން ވަނީ ބުނެފަ އެވެ.