ރާއްޖެ ކުޅިވަރު

ިމިނިވަން 50ގެ މެޗުތައް ފަސްކޮށްފި

Sep 19, 2015

މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އަންނަ ހަފުތާ ބަންދުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް ފަސްކޮށްފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ނޫސްބަޔާނުގައިވަނީ އެހެން މެޗުތައް ޝެޑިއުލާއެއްގޮތަސް ކުރިއަށްދާނެ ކަމަށެވެ.

މުބާރާތުގެ ސީއީއޯ މުހައްމަދު އާދަމް ސޮއިކޮށް ކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީގައި ވަނީ މެޗުތައް ލަސްކުރަންޖެހުނީ މި އަހަރުގެ ހައްޖު ދުވަސް ބަދަލުވުމާއި މި ދުވަސްވަރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މެޗު އޮފިޝަކުން ރަށްރަށް ފޮނުވުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

ހަފުތާ ބަންދުގައި ކުޅޭ މިނިވަން50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މި މުބާރާތަކީ އެކިރަށްރަށުގައި މެޗުތައް ކުޅޭގޮތަށް ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ.