ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަނަދޫއިން ޕޮޒިޓިވްވި ދުވަސްވީ މީހާ ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް މަނަދޫއިން ފުރަތަމަ ޕޮޒިޓިވްވި މީހާ އެ ބަލިން ރަނގަޅުވެއްޖެ އެވެ.

މަނަދޫއިން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާއަކީ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން އައިޖީއެމް ހޮސްޕިޓަލަށް އައި މީހެކެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް މަނަދޫ މީހާ ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވިއެވެ.

މަނަދޫގެ ފުރަތަމަ ކޭސްއާއި ގުޅިގެން އިތުރު ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ހަތަރު މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ތިން ދިވެހިންނަކީވެސް ދުވަސްވީ މީހުންނެވެ.