ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބަލިވީ 117 ދިވެހިން، 31 ބިދޭސީން

މިދިއަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ބައްޔަށް އިތުރު 148 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

އޭގެ ތެރެއިން 117 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ނޭޕަލް މީހަކާއި ސީޝެލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ނަންބަރު ވަނީ 4,594 އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅުތަކުން ޕޮޒިޓިވްވި ދެ މީހެއްވެސް ހިމެނެއެވެ. ދެން ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 146 މީހުންނެވެ.

މިއަދު ބަލިން ރަނގަޅުވީ 13 މީހުންނެވެ. މިއަދު ރަނގަޅުވީ މީހުންނާއެކު ރާއްޖެއިން ރަނގަޅުވީ މީހުންގެ އަަދަދު ވަނީ 2،706 އަށް އަރާފައެވެ.

މިވަގުތުވެސް 110 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 19 މީހުންނެވެ. އެއީ 15 ދިވެހިންނާއި ފަސް ބިދޭސީންނެވެ.