ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

156 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް- 19 އަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 156 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ގިނައީ ދިވެހިންނެވެ. މިއަދު 134 ދިވެހިން ވަނީ ޕޮޒިޓިވްވެފައެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 20 މީހަކާއި އިންޑިއާގެ މީހެއްގެ އިތުރުން ސްރީލަންކާ މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅުތެރެއިން ޕޮޒިޓިވްވި ދެ މީހަކުވެސް ހިމެނެއެވެ.

މިއަދު ޕޮޒިޓިވްވި 156 މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3,949 އަރާފައެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. މިއީ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ.


މިއަދު ކޮވިޑް ބަލިން ރަނގަޅުވީ ހަތް މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ އަދަދަކީ 2،613 އެވެ.

މިވަގުތު ބަލިން ރަނގަޅުނުވެ ތިބި މީހުންގެ އަދަދަކީ 1،305 މީހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 72 މީހަކަށެވެ.

ކޮވިޑްގައި ރާއްޖެއިން 16 މީހަކު ވަނީ މަރުވެފައެވެ.