ހަބަރު

ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ފަށަނީ

May 19, 2020
3

ފުލުހުންނަށް ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން (ސީއީޑަބްލިއު) ނުވަތަ ކަރަންޓް ޖައްސާ ބަޑި ދިނުމަށް އަޖުމަބެލުން ތަކެއް ހިންގަން ފަށައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުސް އޮފިސަރުންގެ ސަލާމަތަށާއި އާންމުންގެ ރައްކާތެރި ކަމަށްޓަކައި ފުލުހުންނަށް ސީއީޑަބްލިއު ދިނުމުގެ ޓްރައިލްތައް -- އަޖުމަ ބެލުމެއް -- ފަށާފައިވާ ކަމަށެވެ. އެ ބަޑި ބޭނުން ކުރާނީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި ކަމަށާއި އެއީ އާންމުންނާއި ފުލުހުންނަށް ބަޔަކު ގެއްލުން ދޭން މަސައްކަތް ކުރާ ހާލަތްތަކުގައު ބޭނުން ކުރަން ރަނގަޅު އެއްޗެއް ކަމަށެވެ.

ސީޕީ ކުރެއްވި ޓުވީޓް

އޭނާ ވިދާޅުވީ އެ ހަތިޔާރު ބޭނުން ކުރެވޭނެ ވަކި އުސޫލުތަކެއް ހުންނާނެ ކަމަށާއި އަދި އިތުރަށް މޮނިޓާ ކުރުމަށް އެ ބޭނުން ކުރާ ފުލުހުން ގައިގައި ބޮޑީ ކެމެރާ ވެސް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.

މިއީ ރާއްޖޭގައި ޓޭޒާ ގަން ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.