ރާއްޖެ ކުޅިވަރު

ގައުމީ ކޯޗަށް ދެ އަހަރުގެ ކޮންޓްރެކްޓެއް

Sep 21, 2015

ގައުމީ ޓީމަށް އަލަށް ހަމަޖެއްސި ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓާއެކު ކޮންޓްރެކްޓް ކޮށްފައިވަނީ ދެ އަހަރު ދުވަހަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ގައުމީ ކޯޗު ރިކީ ހާބަޓް އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނިއުޒީލޭންޑަށް ކޯޗުކޮށްދިން ކޯޗެވެ. ރާއްޖެ އައުމުގެ ކުރިން އޭނާ ވަނީ އިންޑިއަން ޕްރެމިއާ ލީގުގައި ކޯޗުކޮށްދީފަ އެވެ.