ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 19 މީހަކު ކޮވިޑް-19 އަަށް ޕޮޒިޓިިވް ވެއްޖެ އެވެެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން އިންޑިއާ މީހަކާއި ނޭޕާލްގެ މީހެއް ކަމަށެވެ.

މި 19 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1454 އަށް އަރާފައެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 232 މީހުން ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑްގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

އެންމެ ފަހުން މި ބަލީގައި މަރުވި ބިދޭސީ މީހާ ބައްޔަށް ޕޮޒިޓިވްވީކަން އެނގުނީ މަރުވި ފަހުންނެވެ. އޭނާ ފެނިފައިވަނީ ވެސް މަގުމައްޗަށް މަރުވެގެން ވެއްޓިފައި އޮއްވަ އެވެ.

ކޮވިޑްގެ ބަލި މީހުން ފެނަން މިންވަރު މަދުވަމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން މަސް ދުވަހަށް ފަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ މިއަދު ބައެއް ރަށްތަކަށް ވަނީ ދީފަ އެވެ.

މީގެ އިތުރުން މާލޭގެ ލޮކްޑައުންގެ ހާލަތު މާދާމާގެ ފަހުން ނިމުމަކަށް ގެންނާނެ ކަމުގެ އިޝާރާތެއް ވެސް ހެލްތު މިނިސްޓަރު ވަނީ ދެއްވާފަ އެވެ. ނަމަވެސް ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަންޖެހިދާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.