ރާއްޖެ ކުޅިވަރު

ވިކްޓްރީ ކަޓައި އެއްވަނަ މާޒިޔާ އަށް، ދެ ވަނަ އީގަލްސް އަށް

Sep 21, 2015

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ މާޒިޔާ އަށް، ދެ ވަނަ އީގަލްސް އަށް ލިބި، ވިކްޓަރީ ކަޓައިފި އެވެ.

މާޒިޔާއަށް ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ މުހައްމަދު އުމޭރެވެ. އެއީ މެޗު ނިމެން ހަތް މިނިޓަށްވެފައި ވަނިކޮށް ޕެނަލްޓީ އޭރިޔާ ތެރެއިން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބުދުﷲ އަށް އީގަލްސްގެ ސްޕޭން ޑިފެންޑަރު ޕެޑްރޯ އެންޓޮން ފައުލް ކުރުމުން ލިބުނު ޕެނަލްޓީއަކުންނެވެ.

މި މެޗު އެއްވަރުވުމުން މާޒިޔާ އަށް ގްރޫޕުގެ އެއްވަނަ ލިބެނީ ތިން މެޗުން ހަތް ޕޮއިންޓާއެކުގަ އެވެ. އީގަލްސް އަށް ދެ ވަނަ ލިބެނީ ތިން މެޗުން ފަސް ޕޮއިންޓާއެކުގަ އެވެ. ވިކްޓަރީ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މުބާރާތުން އެންމެ ފުރަތަމަ ކެޓި ވެލެންސިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.