ފެހުމުގެ ހިދުމަތް ދޭ ތަންތަނުން އެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ނެޝަނަލް އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެން.އީ.އޯސީ) އިންް މިއަަދު ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ވާހަކަ ދަައްކަވަމުން އައިޝަތު ސާމިޔާ ވިދާޅުވީ ލޮކްޑައުންގެ ލުއިތަކާއެކު ބޭރަށް ނިކުންނަ މީހުން އިތުރުވާނެތީ އެ މީހުންނަށް މާސްކު ބޭނުންވާނެ މިންވަރު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެކި ފަަހާތަންތަނުން ފޮތި މާސްކު ފަހައި އެ ތަކެތި ފޯރުކޮށްދެވޭނެ ހިދުމަތް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން، މިއަދުން ފަަށައިގެން ފަހާތަންތަނުން ތަކެތި އޮންލައިންކޮށް އޯޑަަރުކޮށް ހުއްދަަ އާއެކު ޑެލިވަރީ ކުރެވޭނެ ކަަމަށް ސާމިޔާ ވިދާޅުވި އެވެ.
ސާމިޔާ ވަނީ މާސްކު ޑެލިވާ ކުރުމުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެެދިފައެވެ. އަދި މާސްކް ފެހުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި، މާސްކު އެޅުމުގައި އެކި އުމުރުފުރަ އަށް ލަފާ ދޭ މިންގަނޑެއްވެސް މިއަދު އިއުލާން ކުރާނެ ކަމަށް ސާމިޔާ ވިދާޅުވިއެވެ.
"މާސްކް ބޭނުން ކުރުމުގައިވެސް ވަކި ހަމަތަކެއް އެބަަހުރި. މިސާލަކަށް ދެ އަހަރުން ދަަށުގެ ކުދިންނަށް މާސްކު އަަޅަން އަޅުގަނޑުމެން ރިކޮމެންޑް އެއް ނުކުރަން އަދި އެކި ކަހަލަ ކޮންޑިޝަންތައް ހުންނަ މީހުން މާސްކު އެޅުންވެސް ދަތިވެދާނެ. މިއަަދު ނެރޭނެ ވަކި އުސޫލެއް އެކި ގިންތި ތަކަށް މާސްކް އެޅުމާ ގުޅޭ ގޮތުން" ސާމިޔާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަަރަަހައްދު ލޮކްޑައުން ކޮށްފައި އޮތުމަށްފަހު މިހާރު ވަނީ ލުއި ތަކެއް ދޭން ނިންމާފަ އެވެ. މި ލުއިތައް ދެނީ އެކި ފޭސްތަކަށް ބަހާލައިގެން ބަލީގެ ހާލަތަށް ބެލުމަށްފަހު އެވެ. މިއަަދުން ފެށިގެން ގޭބީސީތަކުން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބޭރުގައި އުޅެވޭ ވަގުތަކުތައް އިތުރު ކުރުމުގެ ފުރުސަތު ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކޮންމެ ގެއަކުންވެސް ތިން މީހުންނަށް ހަފްތާއަކު ދެ ދުވަހު ދެ ގަޑިއިރަށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ފުލުހުން މެދުވެރިކޮށްދޭނެ އެވެ.
ބައެއް ކަހަލަ ވިޔަފާރިތަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާއިރު ކުރިއަށް އޮތް ދެ ހަފްތާ އަށް ފަަހު، ތިން ވަނަ ހަފްތާގައި ރެސްޓޯރަންޓު ތަކުން ޓޭކްއަވޭގެ ހިދުމަތް ދެވޭނެ ކަމަށްވެސް މިއަދުގެ ޕްރެސްގައި ފުލުހުން ވަނީ ބުނެފަ އެވެ.
ކޮވިޑްގައި ރާއްޖޭގެ ކޭސްތައް 1476 އަށް އަރާފައި ވާއިރު ފަސް މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.