ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކޮވިޑްގައި މާސްކްގެ އިމްޕޯޓް 638 އިންސައްތަ އިތުރު

ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއަށް އިމްޕޯޓްކުރި މާސްކް އާއި ސެނިޓައިޒާ އަދި ގަސްގަހާގެހީގެ އަދަދު އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑްގެ ކުރިން 2019 ވަނަ އަހަރާއި އަޅާބަލާއިރު 2020 ވަނަ އަހަރު ރާއްޖެ އިމްޕޯޓްކުރި މާސްކްގެ އަދަދު ވަނީ 638 އިންސައްތަ އަދި ސެނިޓައިޒާގެ އަދަދު ވަނީ 342 އިންސައްތަ އިތުރުވެފަ އެވެ.

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ ތިން މިލިއަން މާސްކެވެ. އަދި ތިންލައްކަ ލީޓަރުގެ ސެނިޓައިޒާ އެވެ.

މާސްކާއި ސެނިޓައިޒާގެ އިމްޕޯޓް

  • 2020 - 26 މިލިއަން މާސްކް އަދި 1.5 މިލިއަން ލީޓަރުގެ ސެނިޓައިޒާ
  • 2021 - 42 މިލިއަން މާސްކް އަދި އެއް މިލިއަން ލީޓަރުގެ ސެނިޓައިޒާ

ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ރާއްޖެއަށް ޑޮކްޓަރީ ބޭސް އިމްޕޯޓުކުރި އަދަދު ވަނީ ވަނީ 2019 ވަނަ އަހަރަށް ވުރެ 17 އިންސައްތަ އިތުރުވެފަ އެވެ. މިދިޔަ އަހަރު 879.7 މިލިއަން ރުފިޔާގެ ފާމަސޫޓިކަލް އައިޓަމްސް ރާއްޖެއަށް އިމްޕޯޓުކުރިއިރު އެއީ ކޮވިޑްގެ ކުރިއަށްވުރެ 58 އިންސައްތަ އިތުރުވުމެކެވެ.

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރާ އަޅާބަލާއިރު 2020 އަދި 2021 ގައި ރާއްޖެއަށް އިމްޕޯޓްކުރި ގަސްގަހާގެހިވެސް ވަނީ އިތުރުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރީ 25 މިލިއަން ރުފިޔާގެ ގަހެވެ. 2020 ވަނަ އަހަރު އެ އަދަދު ވަނީ 119 އިންސައްތަ އިތުރުވެ 70 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓުކުރީ 40 މިލިއަން ރުފިޔާގެ ގަހެވެ.