ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޗައިނާ

ޗައިނާގައި ތިން އަހަރުގެ ކުއްޖަކު މަރުވި މައްސަލަ ހޫނުވެއްޖެ

Nov 7, 2022
1

ޗައިނާގައި ތިން އަހަރުގެ ކުޑަ ކުއްޖަކު މަރުވީ ޗައިނާ ސަރުކާރުން ކޮވިޑް-19 ހުއްޓުވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

މަރުވީ ވެންސުއާން ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ.

ކުއްޖާގެ ބައްޕަ ޓުއޯ ޝިލެއި ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބަޔަކު އޭނާގެ ދަރިފުޅު މަރާލީ ކަމަށެވެ.

މި ތުއްތު ކުއްޖާއަށް އޭނާގެ ބައްޕަ ސީޕީއާރް -- އަވަސް ފަރުވާ ދޭ އަސަރު ގަދަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

ކޮވިޑާ ގުޅިގެން ޗައިނާ ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ބައެއް މީހުން މަގުތަކުގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

ކުޑަކުއްޖާގެ މަރަކީ ޗައިނާ ސަރުކާރުން ކޮވިޑް-19 ހުއްޓުވުމަށް އަޅާފައިވާ "ޒީރޯ-ކޮވިޑް ޕޮލިސީ" ތަންފީޒު ކުރަން ފެށި ފަހުން ދިމާވި ލާއިންސާނީ އެތައް ކާރިސާއެއްގެ ތެރެއިން އެންމެ ފަހުން ކުރިމަތިވި އެންމެ ހިތާމަވެރި ހާދިސާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮވިޑްގެ ހަރުކަށި ސިޔާސަތުގެ ސަބަބުން ސިއްހީ އަވަސް ފަރުވާ ނުލިބި، ކުއްޖާ މަރުވީ އެމްބިއުލާންސް، ޕޮލިސް، އަދި އެފަދަ އެއްވެސް ހިދުމަތެއް ނުލިބި، ދެ ގަޑިއިރު ފަހުން އެ އަވަށުގެ ވަށައިގެންހުރި ފެންސު ވައްޓާލާ، ޓެކްސީއަކަށް ކުއްޖާ ލައިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

މި ހޮސްޕިޓަލަކީ އެމީހުން ދިރިއުޅޭ ހިސާބުން ކާރެއްގައި ދާނަމަ 10 މިނެޓުން ދަތުރުކޮށްފައި ދެވޭހާ ދުރުމިނުގައި ހުރި ތަނެކެވެ.

ދަރިފުޅު ހޮސްޕިޓަލަށް ގެންދިއުމަށްވެސް ޓުއޯ ޝިލެއި އިމަޖެންސީ ހޮޓްލައިނަށް ހަތަރުފަހަރު ގުޅާފައިވެ އެވެ. އެކަމަކު އެމީހުން ދިރިއުޅެނީ ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑު ސަރަހައްދެއްގައި ކަމަށް ބުނެ ކަމާ ގުޅޭ އިދާރާތަކުން އެމްބިއުލާންސް ނުފޮނުވީ ކަމަށް ދޭހަވާ ގޮތަށްވެސް ކުއްޖާގެ ބައްޕަ ވާހަކަދައްކަވާފައިވެ އެވެ.